އިނގިރޭސި ރައްޔިތެއްކަމުގައިވާ ސްޓީވް އެޑްވަރޑްސް ވަނީ 1000 މެރަތަން އެންމެ އަވަހަށް ނިންމުމުގެ ރިކޯޑް ޤާއިމު ކޮށްފައެވެ. އެޑުވަރޑު މިރިކޯޑު ގާއިމު ކުރިއިރު އުމަރަކީ 61 އަހަރެވެ. އެޑުވަރޑު މެރަތަން ދުވަން ފެށީ އުމުރުން 18 އަހަރުގައެވެ. އެހެން ކަމުން ވޭތުވެ ދިޔަ 43 އަހަރު، އެޑުވަޑު ވަނީ މިރިކޯޑު ހޯދުމަށް މަސައްކަތް ކޮށްފައެވެ.

އެޑުވަޑު މިރިކޯޑު ގާއިމުކުރި އިރު، 50 މެރަތަން ދުވުންތެރިއަކު ވަނީ 1000 މެރަތަން ފުރިހަމަކޮށްފައެވެ. މިއެންމެވެސް މެރަތަން ނިންމާފައިވާ އެވުރެޖު ގަޑި، 4 ގަޑިއިރަށް ވުރެ ބޮޑެވެ. ނަމަވެސް އެޑުވަރޑު ނިންމާފައިވާ 1000 މެރަތަންގެ އެވްރެޖް ގަޑި އަކީ 3 ގަޑިއިރާ 21 މިނެޓެވެ.

އެޑްވަޑުގެ 1000 މެރަތަން ތަފުސީލު ކޮށްލީމާ ފެންނަނީ ވޭތުވެދިޔަ 36 އަހަރު، ކޮންމެ 13 ދުވަހަކުން މެރަތަނެއް ފުރިހަމަ ކޮށްފައިވާކަމެވެ.

އެޑުވަޑު ބުނީ، އެންމެ ފަހު މެރަތަން ދުވަން ދިޔަ އިރު އެޑުވަޑުގެ ދެމަފިރިންނަށް ވަރަށް އަސަރު ކުރި ކަމަށެވެ. އެއީ ބައިވަރު މީހުން ޓީ ޝާޓުު ހަދައިގެން ތަރުހީބު ދިނުމަށް މެރަތަން މައިދާނުގައި ތިބި ކަމަށާއި ތަރުހީބު ލިބުމުގައި އެއްވެސް ފަނޑު ކަމެއް އިހްސާސް ކުރަން ނުޖެހުނު ކަމަށެވެ.

އެޑުވަޑު 1000 މެރަތަން ނިންމުމުގައި ގޮންޖެހުން ތަކާއި ކުރި ލާންވެސް ޖެހުނެވެ. އެއީ 996 ވަނަ މެރަތަނާއި ހަމައިން، އުނަގަޑުގެ އޮޕްރޭޝަނެއް ކުރަން ޖެހުނެވެ. އެހެން ކަމުން އެކަމަށް ވަޤުތު ދޭން ޖެހުނުކަމަށެވެ.

އެޑްވަޑަކީ އުފެދުމުގައި އަތުގެ އައިބު ކަމެއް ހުރި މީހަކަށްވާތީ އެކަމުގެ އުނދަގޫ ފޯރިކަމަށެވެ. އަދި މަދުރަސީ ދައުރުގައި މިއައިބުގެ ސަބަބުން ބުލީކުރުމާއިވެސް ކުރިމަތިލާންޖެހުނުކަމަށެވެ. 

އެޑުވަޑު މިނިންމީ އެންމެ ފަހުގެ މެރަތަން ނޫންކަމަށާއި އަދި ދުވަސްވީ މިހެއްގެ ގޮތުންވެސް ދުވުމުގައި ދެމިހުރުމަކީ އެޑުވަޑުގެ އަމާޒެވެ. އުމުރުން 18 އަހަރުން ފެށިގެން ދުވުމުގެ ކުޅިވަރުގައި އެޑުވަޑުވަނީ ހަރަކާތް ތެރިވާން ފަށާފައެވެ.