އިންޑިއާގެ ހައިދަރު އާބާދު މެރަތަންގައި ބައިވެރިވުމަށް ރާއްޖޭގެ ދިގު ދުވުމުގައި ނަންހިންގާ ދުވުންތެރިތަކައް މިހާރު ދަނީ އެންމެ ފަހަގެ ތައްޔާރީތަށް ވަމުންނެވެ. ހައިދަރުއާބާދު މެރަތަން އޮންނަނީ މިމަހުގެ 25ގައެވެ. މިއީ އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު މެރަތަނެވެ. މި މެރަތަންގައި 27 ހާސް ދުވުންތެރިން ބައިވެރިވާނެވާނެކަމަށް ވެއެވެ.

 

ހައިދަރު އާބާދު މެރަތަންގައި މެރަތަން ދުވުމުގެ އިތުރުން ބައި މެރަތަނާއި 10 ކިލޯ މީޓަރާއި އަދި 5 ކިލޯމީޓަރުގެ ދުވުން އޮވެއެވެ.

މީގެ ތެރެން ރާއްޖޭގެ ދުވުންތެރިން ތެރެން އެންމެ ބޮޑު ވާދަ ވެރިކަމެއް އޮންނާނެ ކަމަށް ލަފާ ކުރެވެނީ ބައި މެރަތަން ރޭހުގައެވެ. އަޅުގަނޑުމެނަށް ޚަބަރު ލިބިފައިވާގޮތުގައި ބައި މެރަތަންގައި ޝިޕާޒާއި މުހައްމަދު ރަޝީދާއި އިރުފާނު ބައިވެރިވާނެއެވެ.

 

ރާއްޖޭގައި މިހާރު އޮތް މެރަތަން އަދި ބައި މެރަތަން ގެ ރިކޯޑު ޔޫސޭ ހެދުމުގެ ކުރިން މި ދެރިކޯޑް އޮތް ދުވުންތެރިޔަކީ ޝިފާޒެވެ. މިފަހުން ޝިޕާޒު އަންނަނީ ފިޓްނަސް ތަމްރީނުތައް ހަދާ ފިޓްނަސް ރަނގަޅުކުރަމުންނެވެ. ޝިފާޒުގެ ބައި މެރަތަން ދުވުމުގައި އެންމެ ރަނގަޅު ދުވެއްމެއް ހަދަފައިވަނީ 1 ގަޑިއިރާ 11 މިނެޓުންނެވެ.

 

ރާއްޖެ 5ކިލޯ މީޓަރުގެ ދުވުމުގެ ރިކޯޑު އޮތް ދުވުންތެރިޔަކީ މުހައްމަދު ރަޝީދު (ރަނިންމޯޑް) އެވެ. މޯޑު ބައި މެރަތަން އެންމެ ރަނގަޅަށް ދުވެފައި އޮތީ 1 ގަޑިއިރާ 15 މިނެޓުންނެވެ.

އިރުފާނަކީ ކުރިއަރަމުން އަންނަ ދުވުންތެރިންއެކެވެ. އިރުފާން ވަނީ ހުޅުމާލެ ރަން ގައި 5 ކިލޯ މީޓަރުގެ ދުވުމުން 1 ވަނަ ހޯދާފައެވެ. އިރުފާން އެންމެ ބާރަށް ބައި މެރަތަން ދުވެފައިވަނީ 1 ގަޑިއިރާއި 13 މިނެޓުންނެވެ.

ޝިޕާޒާއި އިރުފާން ތަމްރީނު ހަދަމުން އަންނަނީ އައިލޭންޑް ރަނާސްގައި، ނަސްރުﷲގެ  ކޯޗްގެ އިރުޝަދުގެ ދަށުންނެވެ.

ރަނިންމޯޑް މިހާރު ތަމްރީހަދަނީ އެލިޓް ރަނާސާއި އެކުއެވެ.

 

ހައިދަރު އާބާދު ގައި އޮންނަ މެރަތަން ރޭހަށް ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވެފައިވާ ދުވުން ތެރިޔާ ނަސްރުލާވެސް ބައިވެރިވާނެއެވެ. މިއީ ނަސްރުގެ 97 ވަނަ މެރަތަން ކަމަށް ބެލެވެއެވެ.

ނަސްރު ތަމްރީނުކުރާ އިތުރު ދުވުންތެރިންވެސް ހައިދަރުއާބާދު މެރަތަންގައި ބައިވެރިވާނެއެވެ. އެއީ  އަބުދުﷲ ހަލީލާއާ (އައްބެ) ކިނާނަތާއި އަބުދުﷲ ރަޝީދާއި ނާއިފެވެ.

އަޅުގަނޑުމެންގެ އިއްމީދަކީ އަނެއްކާވެސް ރާއްޖޭގެ ދުވުމުގެ ރިކޯޑު އާހަރުފަތަކަށް އެރުމެވެ. މިފަހަރު މިކަން ހާސިލު ކުރާނީ ކޮން ދުވުންތެރިއެއް ކަމަށް ލަފާކޮށްލަންވެސް އިނގޭހާއި ވަރަށް ވުރެވެސް ވާދަވެރިއެވެ.